އަޔުޝްމާން އާއި އެކުގައި ސާރާ ކުޅޭ ފިލްމް ގެ ޝޫޓިން ފަށައިފި

އަޔުޝްމާން އާއި އެކުގައި ސާރާ ކުޅޭ ފިލްމް ގެ ޝޫޓިން ފަށައިފި

Author
ފާތިމަތު ނާވީ
28 މެއި 2024 08:15
0

ނަން އަދި ހާމަ ކޮށްފައިނުވާ، އަޔޫޝްމަން ކްރާނާ އާއި ސާރާ އަލީ ޚާންގެ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ މިދެތަރިން އެކުގައި ފިލްމް އަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު ގުނީތު މޮންގާގެ ސިކިއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާ އެކްޝަން ކޮމެޑީއެކެވެ.

ވަރަށް ތަފާތު ރޯލުތަށް ކުޅުމަށް މަޝްހޫރު އެކްޓަރު އެންމެ ފަހުން ފެނިގެންދިއައީ  "ޑްރީމް ގާލް 2″ އިންނެވެ. މި ފިލްމްގައި އޭނާ ފެނިގެން ދިއައީ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ އާއި އެކުގައިއެވެ. އަނެއްކޮޅުން ސާރާގެ އެންމެ ފަހުގެ ފިލްމް އަކީ މި އަހަރު ރިލީޒް ކުރި ފިލްމް  "އޭ ވަތަން…މޭރޭ ވަތަން" އެވެ.

ފިލްމު ލިޔެ، ޑައިރެކްޓް ކުރަނީ 2022 ގެ ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2″ ގެ ސްކްރީން ރައިޓަރު އާކާޝް ކޯޝިކެވެ. މި ފިލްމަކީ އޭނާގެ އަލަތު ޑައިރެކްޝަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.