އަނުރާގް ގެ ފިލްމްއެއް ބޮބީއަށް

އަނުރާގް ގެ ފިލްމްއެއް ބޮބީއަށް

Author
ފާތިމަތު ނާވީ
28 މެއި 2024 07:46
0

ރީތި ފިލްމް ތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުޅަދާނާ ޑައިރެކްޓަރު އަނޫރާގް ކެޝަޕް، ތުރިލާއެއްގެ މަސައްކަތް އެކްޓަރު ބޮބީ ޑިއޯލްއާ އެކު ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރީގެ މަޝްހޫރު އެކްޓަރުގެ މަގުބޫލު ކަން މިފަހުން ބޮޑުވެގެން އުޅެނީ މިދިއަ އަހަރު ގެނެސްދިން ފިލްމް "އެނިލަމް" ގައި އޭނާ ކުލެފައިވާ ރޯލުގެ ސަބަބުންނެވެ. އެ ފިލްމްގައި އޭނާ ދައްކައިފައިވާ އެކްޓިންގ އަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައިއެވެ. އަދި ހަމަ އެއާއި އެކުގައި ބޮލީވުޑް އިން މިހާރު އޭނާ އަށް އަންނަނީ ގިނަ އޮފާ ތަކެއް ލިބެމުންނެވެ.

 

View this post on Instagram

 

A post shared by Bobby Deol (@iambobbydeol)

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ޝޫޓިން މިދިޔަ މަހުން ފެށިގެން މުމްބާއީގައި އަންނަނީ ކުރިއަށެވެ. މީގެ ލީޑަށް ބޮބީ ނަގާފައިވާ އިރު، މި ފިލްމު ވާނީ އަނޫރާގާ އެކީ އޭނަ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

މި ފިލްމްގެ ކާސްޓްގައި ސާނިއާ މަލްއުތުރާ އާއި އެކްޓަރު ރިތިކް ރޯޝަންގެ ލޯބިވެރިޔާ ސަބާ އާޒާދުގެ އިތުރުން މަޝްހޫރު މަލަޔާޅަމް އެކްޓަރު ޖޯޖޫ ޖޯޖް ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.