ކްލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނަން: ޑރ. ޝަފީއު

ކްލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނަން: ޑރ. ޝަފީއު

Author
އަހުމަދު
26 މެއި 2024 04:23
0

ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ދެއްވި ހިތޯބުގައި ވިދާޅުވީ އުނގެނުމަށާއި އުނގަންނައިދިނުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި އުފާވެރި ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ސްކޫލްތަކުގެ ކްލާސްތައް އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ދާދި އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ކުރަނީ ކްލާސްތަކުގައި ދަރިވަރުން ތިބޭއިރު އިހުސާސް ކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަހައްމަލުކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތައް އޭސީ ކުރުމެވެ.

ބައެއް ސްކޫލްތަކުގައި ބެލެނެވެރިން އިސްނަގައިގެންނާއި ރަށްތަކުގެ ވިޔަފާރިވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ކުލާސްރޫމުތަކުގައި އޭސީ ހަރުކޮށްފައި އެބަހުއްޓެވެ. އެކަމަކު ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހެން ހަރުކޮށްފައި ހުންނަނީ ފަންކާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.