ޕީއެންސީގެ ސެކެޓްރީ ޖެނެރަލްއަކަށް ޒީނާޒް އަދުނާން ހަމަޖައްސައިފި

ޕީއެންސީގެ ސެކެޓްރީ ޖެނެރަލްއަކަށް ޒީނާޒް އަދުނާން ހަމަޖައްސައިފި

Author
ޙަސަން މުޙައްމަދު
24 މެއި 2024 10:22
0

ވެރިކަންކުރާ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްއަކަށް ޒީނާޒް އަދުނާން ހަމަޖައްސައިފިއެވެ. އޭނާއަކީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަބަލުންނެވެ.

ޒީނާޒް މިއަދު ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ހަމަޖެއްސިއިރު އޭނާވަނީ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކޮށް ބަލިވެފައެވެ. އޭނާއަކީ މީގެ ކުރިން ޕީޕީއެމްގެ ސެނެޓްގައި ވެސް ހިމެނުނު މެމްބަރެކެވެ.

މީގެ ކުރިން އޭނާވަނީ ކުޑަކުދިންގެ ހިޔާގެ ސީއީއޯ ކަން ވެސް ކުރައްވައިފައެވެ. އަދި ތައުލީމީ ދާއިރާގައި ވެސް ދިގު މުއްދަތަކަށް ޒީނާޒް ވަނީ ޚިދުމަތްކުރައްވައިފައެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު ޕީއެންސީގެ ރައީސްގެ މަގާމަށް އެކަނިކުފާނު ހަމަޖައްސަވާ އެޕާޓީގެ ނާއިބު ރައީސަކަށް ރައީސް މުއިއްޒުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވަނީ ހަޖައްސާފައެވެ. އަދި ޕީއެންސީގެ ޗެއަރޕާސަންއަކަށް ރައީސް މުއިއްޒުގެ އިސް މުޝީރުކަމުގެ މަގާމުގައި ހުންނެވި އަބުދުއްރަހީމް ވަނީ ހަމަޖައްސާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.