އިސްރާއީލުގެ އިތުރު 3 ސިފައިން ޢައްޒާގައި މަރާލައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މަރުވި މި ތިން ސިފައިންގެ ރޭންކުތަކަކީ މޭޖަރ، ކެޕްޓަން އަދި ސާޖަންޓް ކަމަށެވެ.
އަދި އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދުގައި ހިނގި "އޮޕަރޭޝަނަލް އެކްސިޑެންޓެއްގައި" ދެ ސިފައިން "ސީރިއަސް ޒަހަމްތަކެއް" ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ގެއްލުނު ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ހަމާސް އާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި ހިޒްބުالله ޖަމާއަތުން އިސްރާއީލު ސިފައިންނާއި ދެކޮޅަށް ކޮންމެ ދުވަހަކު ވެސް ހަނގުރާމަ ކުރަމުން އަންނަ އިރު، އިޒްރޭލުގެ އަސްކަރިއްޔާގެ ސިފައިންނަށް ހަމަލާދީ ކޮންމެ ދުވަހަކުވެސް ސިފައިން މަރަމުންދާކަމަށް ބުނެއެވެ.
އެހެންނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން އިއުލާނުކުރަނީ އެގައުމުގެ ސިފައިންގެ ތެރެއިން މަރުވެފައިވަނީ ވަރަށް މަދު ބައެއް ކަމަށެވެ. އެގޮތުން އިސްރާއީލުގެ ހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާ ހަނގުރާނާގައި މަރުވެފައިވަނީ އެގައުމުގެ ދުއިސައްތައެއްހާ ސިފައިންނެވެ. އަދި ހަނގުރާމާގައި ޝަހީދުވެފައިވާ ފަަލަސްތީނު ރައްޔިތުންގެ އަދަދު ވަނު 36،000 އަށްވުރެ މަތިވެފައެވެ.