ޝާހްރުކް އާއި އެކުގައި ކަރަން އިޝްތިހާރެއް ކުޅެފި

ޝާހްރުކް އާއި އެކުގައި ކަރަން އިޝްތިހާރެއް ކުޅެފި

Author
ފާތިމަތު ނާވީ
23 މެއި 2024 10:11
0

ބޮލީވުޑްގެ ނުފޫޒުގަދަ އެކްޓަރު ޝާހުރުކް ހާން އާއި ޑައިރެކްޓަރު/ ޕްރޮޑިއުސަރު ކަރަން ޖޯހަރު އެކުގައި ފެންނަ އިޝްތިހާރެއް ދައްކަައިލައިފިއެވެ.

މިއީ މީގެ ކުރިންވެސް ގިނަ ތަރިންތަކެއް އިޝްތިހާރު ކޮށްދިން މިންތްރާގެ ގެ އިޝްތިހާރެކެވެ. މިންތްރާ އަކީ އެއް ތާކުން ގިނަ ބްރޭންޑްތަކުގެ ހެދުން ހެޔޮއަގުގައި އޮންލައިންކޮށް ގަންނަން ލިބެން ހުންނަ ތަނެކެވެ.

މި ދެމީހުންނަކީ ވެސް ބޮލީވުޑްގައި ވަރަށް ނުފޫޒު ގަދަ ދެމީހުންނެވެ. މީގެ އިތުރުން މީ ވަރަށް ގާތް ރަހުމަތެރި ގުޅުމެއް އޮންނަ ދެމީހުންވެސް މެއެވެ. ދެމީހުން އަކުގައި ކާމިޔާބު ފިލްމް ތަކެއްވެސް ބެލުންތެރިނަށް ގެނެސް ދީފައިވެއެވެ.

 

View this post on Instagram

 

A post shared by MYNTRA (@myntra)

ކަރަން ޑައިރެކްޝަނަށް ނުކުތީ ޝާހްރުކް ލީޑް ރޯލު ކުޅުނު 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި 2000 ވަނަ އަހަރުގެ "ކަބީ ހުޝ ކަބީ ޢަމް" އާއި 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" އާއި 2010 ގެ "މައި ނޭމް އިޒް ޚާން" ގެ މަސައްކަތްކޮށްފައިވެ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.