އެމްއެމްޕީއާރުސީ ބޯޑުގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފި

އެމްއެމްޕީއާރުސީ ބޯޑުގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފި

ގުޅުންހުރި

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ބޯޑުގައި ހިމެނިވަޑައިގެންނެވި އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފިއެވެ. އެކުންފުނީގެ ބޯޑުގެ ޗެއަރޕާސަން ނޫރައި އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް އެމްއެމްޕީއާރުސީގެ ބޯޑުން އިސްތިއުފާ ދެއްވީ މެމްބަރު ރާފިލް މުހައްމަދުއެވެ.

ރާފިލް އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި ބޭފުޅާ އެވެ. އޭނާ ބޯޑުން އިސްތިއުފާ ދެއްވި ސީދާ ތާރީހެއް ސާފެއް ނުވެ އެވެ.

ރާފިލް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާވެސް ބޯޑު މެމްބަރުންކަމުން އިސްތިއުފާ ދެއްވީ ބޯޑުގެ ނިންމުންތަކާމެދު ހިންހަމަނިޖެހިގެންކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ޗެއަރޕާސަންގެ މަގާމުން އައިޝާ ނޫރައިން ޖަނާހު އިއްޔެވަނީ އިސްތިއުފާ ދެއްވާފައެވެ، އޭނާ އިސްތިއުފާ ދެއްވާފައިވާކަން ޕީސީބީން ވަނީ ޔަގީން ކޮށްދީފައެވެ.

ޕީސީބީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ ޗެއަރޕާސަން އަލްފާޟިލާ އާއިޝާ ނޫރައިން ޖަނާހު 21 މެއި 2024 ވަނަ ދުވަހު އެމަޤާމުން އިސްތިއުފާދީ ޕީސީބީ އަށް ސިޓީ ފޮނުވައިފައިވާތީވެ، އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން އޭނާ ވަކިކޮށްފައިވާކަމުގައެވެ..

ނޫރައިން ކުއްލިގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ