ކިއާރާ ވާހަކަ ދެއްކިގޮތުން އާންމުން ފާޑު ކިޔަނީ

ކިއާރާ ވާހަކަ ދެއްކިގޮތުން އާންމުން ފާޑު ކިޔަނީ

Author
ފާތިމަތު ނާވީ
22 މެއި 2024 09:03
0

މިއަހަރުގެ ކެންސް ފިލްމް ފެސްޓިވަލްގައި އަލަށް ބައިވެރި ވުމުގެ ފުރުސަތު ލިބުން ބޮލީވުޑްގެ ބަތަލާ ކިއާރާ އަޑުވާނީ އިނގިރޭސި ބަަހުން ވާހަކަ ދެއްކި ގޮތާމެދު އާންމުން ފާޑު ކިޔައިފި އެވެ.

އާންމުން ގެ ގިނަބަޔަކު އެކަމަށް ފާޑުކިޔަމުން ބުނެފައިވަނީ ކިއާރާގެ ވާހަކަދެއްކުން ވަރަށް ބޮޑަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވާހަކަ ދެއްކުން ވަރަށް ފޭކް ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

އަދި ކިއާރާ ފޭކު އެކްސެންޓެއް ބޭނުން ކުރަނީ ކީއްވެތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދައިފައިއެވެ. އަދި  އިންޑިޔާ އެކްސެންޓަކުން ވާހަކަ ދައްކަން ލަދު ގަންނަނީތޯ ވެސް ސޯޝަލް މީޑިއާގައި މިކަމާއި އަޑުއުފުލި ގިނަ ބަޔަކު ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

ކިއާރާއަކީ އިންޑިޔާއަށް އުފަން އިންޑިއާ އެކްސެންޓަކުން ވާހަކަ ދައްކާ މީހެކެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި ބަތަލާ އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ތަރިއެެކެވެ.

ސިދާތް މަލޯތްރާ އާއި މިދިއަ އަހަރު ކައިވެނި ކުރި ބަތަލާ ކެންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވި މީ ފުރަތަމަ ފަހަރެވެ. ކިއާރާ އަކީ މިވަގުތު ބޮލީވުޑްގެ ޒުވާން އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.