ދުނިޔޭގެ އެންމެ ބޮޑު ޓޫނާ ކޮންފަރެންސަށް މިފްކޯގެ ޓީމެއް ފުރައިފި

ދުނިޔޭގެ އެންމެ ބޮޑު ޓޫނާ ކޮންފަރެންސަށް މިފްކޯގެ ޓީމެއް ފުރައިފި

ގުޅުންހުރި

ދުނިޔޭގެ އެންމެ ބޮޑު ޓޫނާ ކޮންފަރެންސް ކަމުގައިވާ، ތައިލެންޑުގައި ބާއްވާ 18 ވަނަ 'އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން’ގައި ބައިވެރިވުމަށް މިފްކޯގެ ޓީމެއް ފުރައިފިއެވެ.

މި ކޮންފަރެންސް ކުރިޔަށް ދަނީ މިމަހުގެ 20 އިން 23 އަށެވެ. މި ކޮންފަރެންސް ކުރިޔަށް ދާނީ ތައިލެންޑުގެ ޝަންގްރިއްލާ ހޮޓެލްގަ އެވެ.

އިންފޯފިޝް ޓޫނާ ކޮންފަރެންސަކީ ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީގައި މަހުގެ ބާވަތްތައް ޕްރޮސެސްކޮށް، މާކެޓްކޮށް އަދި ވިއްކުމުގެ ވިޔަފާރިކުރާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ.

މިފްކޯގެ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވާ ވަފްދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ އެ ކުކުންފުނީގެ ސީއީއޯ އަހްމަދު ޝަމާހު ރަޝީދުއެވެ. އޭނާގެ އިތުރުން ކުންފުނީގެ އެހެން ބައެއް އިސްވެރިންވެސް ވަފުދުގައި ހިމެނެއެވެ.

މިފްކޯއިން ބުނެފައިވަނީ މި ކޮންފަރެންސްގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އިންޑަސްޓްރިއަލް ޕްރޮޑަކްޝަންގައި ހުރި ގޮންޖެހުންތައް ހިއްސާކުރާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވަރިކަން ކުރުމުގެ މުހިންމުކަމާއި މި ސިނާއަތް ކުރިއަރުވާނެ ގޮތްތައް ވެސް ބައިނަލްއަގްވާމީ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ