ޓައިގާގެ އަގު ކުޑަކުރަން އެދިއްޖެ

ޓައިގާގެ އަގު ކުޑަކުރަން އެދިއްޖެ

Author
ފާތިމަތު ނާވީ
21 މެއި 2024 10:58
0

މި ފަހުން އައިސް ހުރިހާ ފިލްމް ތަކެއް ހެން ފްލޮޕް ވަމުން އަންނަ ޒުވާން އެކްޓަރު ޓައިގާ ޝްރޮޕް ގެ އަގު ކުޑަކުރުމަށް ފިލްމު އުފައްދާ ފަރާތްތަކުން އޭނާގެ ކިބައިން އެދިއްޖެ އެވެ.

އޭނާ ބޮލީވުޑްއަށް ނިކުރީ 2014 ވަނަ އަހަރު ހިރޯ ޕަންތީ އިންނެވެ. ފަހުން އޭނާ ވަނީ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިއެވެ. އެއާއި އެކުގައި އޭނާ ވަނީ ފިލްމް ކުޅެދޭ އަގުވެސް ބޮޑުކޮށްފައިއެވެ. ނަމަވެސް މި ދެ އަހަރަކު އޭނާގެ ފިލްމް ތަށް އަންނަނީ ފްލޮޕް ވަމުންނެވެ.

ފުލު ފުލުގައި ފިލްމް ތަށް ފްޕޮލް ވަމުން އަންނާތީ ފިލްމް އުފައްދާ ފަރާތްތަކުން އަންނަނީ ޓައިގާ ފިލްމު ކުޅެދޭ އަގު 70 އިންސައްތައަށް ކުޑަކުރުމަށް އޭނާ އާއި ވާހަކަ ދައްކަމުން ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

 

View this post on Instagram

 

A post shared by Tiger Shroff (@tigerjackieshroff)

ރިޕޯޓްތައް ބުނާ ގޮތުގައި ޓައިގާ އަގު ކުޑަނުކުރާ ނަމަ، މި ދަނޑިވަޅުގައި ދެން ޓައިގާ ހިމަނައިގެން ބޮޑު ބަޖެޓް ފިލްމު ހެދުމުގެ ރިސްކް ނަގާކަށް ފިލްމު އުފައްދާ މީހުން ބޭނުމެއް ނުވެ އެވެ.

މި ފަހުން އޭނާ ފެނިގެންދިއަ ތިން ފިލްމް ކަމުގައިވާ "ހިރޯން ޕަތީ 2″ އާއި "ގަނަޕަތް" އާއީ "ބަޅޭ މިޔާން ޗޯޓޭ މިޔާން" ވެސް ވީ ފްލޮޕްއެވެ. އޭނާ ގެ ކުރިއަށް އޮތް ފިލްމް އަކީ ބޮޑު ބަޖެޓުގެ ފިލްމްއެއް ކަމުުގައިވާ "ސިންގަމް އަގައިން" އެވެ. މީ މަޝްހޫރު ކާސްޓެއް ފެނިގެންދާނެ ފިލްމްއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.