ބިލްބޯޑެއް ވެއްޓުނު ހާދިސާގައި ކާތިކްގެ އާއިލާ ބަޔަކު މަރު

ބިލްބޯޑެއް ވެއްޓުނު ހާދިސާގައި ކާތިކްގެ އާއިލާ ބަޔަކު މަރު

Author
ފާތިމަތު ނާވީ
20 މެއި 2024 05:58
0

އިންޑިއާގެ މުމްބާއީއަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ތޫފާނުގައި ބިލްބޯޑެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރިޔާން ގެ އާއިލާގެ ދެމީހަކު ހިމެނޭ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ބިލްބޯޑު ވެއްޓުނު ހާދިސާގައި ޖުމްލަ 16 މީހަކު ވަނީ މަރުވެފައިއެވެ. ހަބަރު ލިބޭ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ކާތިކް ގެ ބޮޑުބޭބެ އާއި އޭނާގެ އަންހެނުން ކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންގެ ހަށިގަނޑު ފެނިފައި ވަނީ މިހާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ.

 

View this post on Instagram

 

A post shared by Kartik’s Sara🤍 (@kartikafcs)

މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެމަފިރިން މުމްބާއީއަށް ދިޔައީ އެމެރިކާގައި ދިރިއުޅޭ އެމީހުންގެ ދަރިފުޅު ކައިރިއަށް ދިޔުމަށްޓަކައި ވިސާ ޖެހުމަށެވެ. އަދި އެކަން ނިންމާލުމަށްފަހު އެނބުރި އައި މަގުމަތީގައި ޕެޓްރޯލް އަޅަން މަޑުކުރިތަނާ އެތަނުގެ ކުރިމަތީގައި ހުރި ބިލްބޯޑު ވެއްޓި އެތަނުގައި އެ މީހުން ތާށިވީ އެވެ.

އެ ދެމެފިރިންގެ ހަބަރެއް ނުވެގެން އެމީހުންގެ ދަރިފުޅު މުމްބާއީގެ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެމީހުން ހަށިގަނޑު ފެނިފައިވަނީ ބިލްބޯޑް ވެއްޓުނު ޕެޓްރޯލް ޝެޑްގެ ތެރެއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.