"ސްޓާޑަމް" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް

"ސްޓާޑަމް" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް

Author
ފާތިމަތު ނާވީ
21 މެއި 2024 12:52
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން ގެ ފިރިހެން ދަރިފުޅު ގެނެސްދޭ ވެބް ސީރީޒް "ސްޓާޑަމް" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް މި ނެރޭނެ ވަކި ތާރީހެއް ހާމައެއް ނުކުރެއެވެ. ބޮލީވުޑްގެ އޭ ލިސްޓްގެ ގިނަ ތަރިންތަކެއްވެސް ހިއްސާވާ މި ވެބް ސީރީޒް އަކީ އާރިޔާން ގެ ކެރިއަރުގެ ފެށުމެވެ. ބައްޕަ ޝާހު އާއި ހިލާފަށް އާރިޔާން ބޭނުންވަނީ ކެމެރާ ފުރަގަހުގައި މަސައްކަތް ކުރާށެވެ. މީ އޭގެ ބިންގަލެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފެށި ސީރީޒްގެ ފަހު ޝެޑިއުލް މި މަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަހު "ސްޓާޑަމް" ކާސްޓާއި ކްރޫ ގޯއާ އަށް ދާނެ ކަމަށާއި އެ ޝެޑިއުލް މި މަސް ނިމުމުގެ ކުރިން ނިންމާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ބޮލީވުޑް އިންޑަސްޓްރީގެ ވާހަކަތަކެއް ކިޔައިދޭނެ 6 އެޕިސޯޑްގެ މި ސީރީޒްގެ ފަހު ޝޫޓިން ޝެޑިއުލް ވަރަށް އަވަހަށް މުމްބާއީގެ ނަރިމަން ޕޮއިންޓްގައި ކުރިއަށް ގެންދާނެ ކަމަށް ވެއެވެ.

ނަން ފިޔަވާ މި ވެބް ސީރީޒް އާއި ގުޅޭ އެއްވެސް މައުލުމާތެއް ހާމަކޮށްފައި އެއް ނުވެއެވެ. އަދި މި ސީރީޒް އިން ފެނިގެންދާނެ ތަރިން ނަކީ ކޮބައި ކަމެއް ވެސް މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

އާރިޔާންގެ ވެބް ސީރީޒް ގެ ޝޫޓިން ނިމޭ އިރުގައި މީގެ ޕްރޮޑިއުސަރަކީ އޭނާގެ ބައްޕައެވެ. ޝާހުގެ ރެޑް ޗިލީ އެންޓަޓައިންމެންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.