ބޯކޮށް ވާރޭވެހި އެމްއެންޑީއެފްއިން މާލޭގެ މަގުތަކުގައި ފެންހިންދަން ފަށައިފި

ބޯކޮށް ވާރޭވެހި އެމްއެންޑީއެފްއިން މާލޭގެ މަގުތަކުގައި ފެންހިންދަން ފަށައިފި

Author
ހުސައިން
17 މެއި 2024 07:04
0

ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ވިއްސާރަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 8:00 އިން މިރޭ  12:00 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި ވަގުތުގައި ބޯކޮށް ވާރޭވެހި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ގިނަ ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެހެންނަމަވެސް މިދުވަސްވަރު ބޮޑަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ ދެކުނަށްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.