އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އަނެއްކާވެސް ކުޅުދުއްފުށިން އަނެއްކާވެސް ކަރަންޓު ކެނޑެން ފަށައިފި

އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އަނެއްކާވެސް ކުޅުދުއްފުށިން އަނެއްކާވެސް ކަރަންޓު ކެނޑެން ފަށައިފި

ގުޅުންހުރި

އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކުޅުދުއްފުށިން އަނެއްކާވެސް ކަރަންޓް ކެނޑެން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުޅުދުއްފުށީ ބްރާންޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސިޓީއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއް މެގަވޮޓްގެ ޖަނަރޭޓަރެއް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންނަމަވެސް އިންޖީނަށް ކުރިމަތިވެފައިވާ މައްސަލައިގެ ބާވަތް ބަޔާންކޮށްފައެއް ނުވެއެވެ.

ފެނަކައިން ބުނެފައިވަނީ، އެރަށުގައި މިހާރު ލިބެން ހުރި ޖަނަރޭޓަރު ކެޕޭސިޓީއަށް އެޑްޖަސްޓް ކުރުމުގެ ގޮތުން އެއް ގަޑިއިރުގެ ވަގުތަކަށް އެކި ތަންތަނުން ކަރަންޓު ކަނޑާލުން ކުރިއަށް ގެންދާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ބުރާސްފަތި ދުވަހު ވަނީ ކަރަންޓު ކެނޑޭނެ ގަޑިތަކާއި ތަންތަން ޝެޑިއުލްކޮށް ފޮލޯއަޕް އިއުލާނެއް ވެސް ނެރެފަ އެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު އިޤްތިޞާދީ ކުރުމަށް ވެސް ލަފާދީފައި ވެއެވެ.

އެ ޝެޑިއުލްގައިވާ ގޮތުން ރޭގަނޑު 12:00 އިން ރޭގަނޑު 20:00 އަށް އެކި ތަންތަނުން ކަރަންޓު ކެނޑޭނެ އެވެ. އަދި މިހާރު އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ. "މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން،" ފެނަކައިގެ އިއުލާނުގައި ވެ އެވެ.

ފާއިތުވި ރޯދަމަހުވެސް ކުޅުދުއްފުށި ސިޓީންވަނީ ގިނަ ދުވަސްތަކެއްވަންދެން ކަރަންޓުގެ މައްސަލަ ދިމާވެފައެވެ. އެހެންނަމަވެސް ފަހުން އެރަށަށް ޖެނެރޭޓަރ ސެޓެއް ފޮނުވައިގެން ވަނީ މައްސަލަ ހައްލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ