މީހަކަށް ވަޅިން ބިރުދައްކާ، އަންނައުނު ބާލުވައި، ކޭޝް ކާޑު އަތުލައި، ފައިސާ ފޭރިގަތް މީހަކު ހޯދަން އިއުލާން ކޮށްފި

މީހަކަށް ވަޅިން ބިރުދައްކާ، އަންނައުނު ބާލުވައި، ކޭޝް ކާޑު އަތުލައި، ފައިސާ ފޭރިގަތް މީހަކު ހޯދަން އިއުލާން ކޮށްފި

ގުޅުންހުރި

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މީހަކަށް ވަޅިން ބިރުދައްކައި ހުއްދަނޫން ގޮތުގައި އެމީހާ ހިފަހައްޓައި މާރާމާރީ ހިންގާ ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯކޮށް އޭނާގެ ބެންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކޮށްފިއެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޝަފީޤު އިބްރާހީމް / ސ. ހިތަދޫ، ސޯމާ (34އ)

އައިޑީ ކާޑު ނަންބަރު: A307568

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސަރޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 20 ވަނަ ދުވަހުގެ 14:00 އަށް

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ