މާލޭ ސްކޫލްތަކަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި

މާލޭ ސްކޫލްތަކަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި

Author
ހުސެއިން
14 މެއި 2024 12:33
0

މާލޭގެ ސްކޫލުތަކަށް ކުދިން ވައްދަން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވަނީ، މާލޭގެ ސްކޫލުތަކަށް އަލަށް ދަރިވަރުން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން މޭމަހުގެ 16 ވަނަ ދުވަހުގެ 2:00 އާއި ހަމައަށް ހުޅުވާލާފައިވާކަމުގައެވެ.

އެގޮތުން އެ ފުރުސަތު ހުޅުވާލަން ނިންމައިފައިވަނީ:

  1. ސަރުކާރުގެ ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖުގެ ކުލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް
  2. ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް
  3. ޕްރައިވެޓް ސްކޫލަކުން ސަރުކާރުގެ ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް
  4. ރާއްޖެއިން ބޭރުގެ ޤައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރރުންނަށް

މި މުއްދަތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މަތީގައި ބަޔާންކޮށްފައިވާ ބައިތަކަށް ފެތޭ ދަރިވަރުންގެ ފޯމްތައް އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.