ރައީސް މުއިއްޒުގެ ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ދުބާއީ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
މިއަދި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި އެސްއީޒެޑް ތަރައްގީ ކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކުއެވެ.
މި އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އިފްޒާގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕިޓާސަން އެވެ.
މި އެމްއޯޔޫގެ ދަށުން، ކ. ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ދުބާއީ ކުންފުންޏާއެކު، ކުރިޔަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އާދެވޭނެކަމުގައެވެ.
އެއާއެކުގައި އެއްބަސްވުމުގެ ތެރެއިން އުތުރާއި ފުނަދޫގައި ފައިނޭންޝަލް ސެންޓަރު ބިލްޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް.
ސައީދު ވިދާޅުވި އެވެ.
ސައީދު ވުދާޅުވީ ފައިނޭންޝަލް ސެންޓަރުގެ ގޮތުގައި ފުނަދޫ ޚާއްސަކުރުމުގެ މަސައްކަތް ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއިން މިހާރު ކުރިޔަށް ގެންދަމުންދާ ކަމުގައެވެ. މި މަސައްކަތުގެ ދަށުން އެސްޓީއޯގެ ފިއުލްފާމް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ކ. މާގިރިފަޅަށެވެ.
މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފައިނެންޝަލް ސެންޓަރަށް ބޭނުންވާ އިމާރާތުގެ މަސައްތާއެކީ، ފުނަދޫ-މާލެ-ހުޅުލޭ-ހުޅުމާލޭ ގުޅުވައިދޭ ބުރިޖްގެ މަސައްކަތްވެސް މި 5 އަހަރު ތެރޭގައި ނިންމާލެވޭނެ ކަމުގައެވެ.
މިހުރިހާ މަސައްކަތްތަކަށްވެސް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިފާޒް ކުންފުނިންނެވެ. އިންހަވަންދިއްޕޮޅު މަޝްރޫއަށް ބޭނުންވާ އިންވެސްޓްމަންޓްތައްވެސް އެކުންފުނިން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.