ހެލިކޮޕްޓަރ ދެން އޮޕަރޭޓް ކުރާނީ އެއުފެއްދި ކުންފުނީގެ މުވައްޒަފުން، ގައުމީ ސަލާމަތަށް ނުރައްކަލެއް ނޯންނާނެ: ޒަމީރު

ހެލިކޮޕްޓަރ ދެން އޮޕަރޭޓް ކުރާނީ އެއުފެއްދި ކުންފުނީގެ މުވައްޒަފުން، ގައުމީ ސަލާމަތަށް ނުރައްކަލެއް ނޯންނާނެ: ޒަމީރު

ގުޅުންހުރި

އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރ ދެން އޮޕަރޭޓް ކުރާނީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށާއި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނޯންނާނެ ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅު ވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ، ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ތިބި ސިވިލިއަނުންނަކީ އިންޑިއާގެ “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް” ގެ މުވައްޒަފުންކަމަށެވެ. އަދި ރާއްޖޭގައި އެކި މަސައްކަތްތަކަށް ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ދިރިއުޅޭކަން ފާހަގަކުރައްވަމުން، އެމީހުންގެ ސަބަބުން ޤައުމީ ސަލާމަތަށް މިހާތަނަށް ނުރައްކާވެފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

“ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން ބުނަމުންދިޔައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެފިނަމަ ޤައުމީ ސަލާމަތަށް ގެއްލުން ވާނެކަމަށް. އެހެންވީމަ އަޅުގަނޑުމެން އިންޑިޔާ ސަރުކާރަށް ރިކުއެސްޓްކުރީ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދަން. އެއާ އެއްގޮތަށް އިންޑިއާ ސިފައިން ގޮސް، ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން މިހާރު އައިސް އެތިބީ،” ޒަމީރު ވިދާޅުވިއެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމަށް މިހާރު ރާއްޖޭގައި ތިބި 26 ސިވިލިއަނުންގެ މަސައްކަތަކީ އެ އުޅަނދުފަހަރު ދުއްވައި މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުންކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. އަދި ޤައުމީ ސަލާމަތަށް އޭގެ ސަބަބުން ނުރައްކަލެއް ނުވާނެކަމުގައި ވެސް އޭނާ ޔަގީންކަން ދެއްވައިފިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ