ލޯން ފަސްކޮށްދިނުމުގެ މުގާބިލުގައި އިންޑިއާ ސަރުކާރުން އެއްވެސް ކަމަކަށް އެދިފައެއް ނުވޭ: ޒަމީރު

ލޯން ފަސްކޮށްދިނުމުގެ މުގާބިލުގައި އިންޑިއާ ސަރުކާރުން އެއްވެސް ކަމަކަށް އެދިފައެއް ނުވޭ: ޒަމީރު

ގުޅުންހުރި
ރާއްޖޭން އިންޑިއާއަށް ދައްކަން ޖެހޭ ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށާއި، އެކަމުގެ މުގާބިލުގައި އިންޑިއާގެ ސަރުކާރުން އެއްވެސް ކަމަކަށް އެދިފައިނުވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލާފައިވާކަން ރަސްމީކޮށް ހާމަކުރުމަށް މިއަދު ރައީސް އޮފީހުގަައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ އިންޑިއާއަށް ދައްކަން ޖެހޭ 200 މިލިއަން ޑޮލަރަކީ 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިވެހި ސަރުކާރަށް ނަގާފައިވާ ފައިސާއެއް ކަމަށެވެ. އެފަހުން މި ސަރުކާރާ ހަމައަށް އެ ފައިސާ އައީ ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން ގޮސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"2019 ވަނަ އަހަރު، އެއީ 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކޮށްގެން އެމްޑީޕީ ނެގި ލޯނެއް މި ލޯނަކީ. އޭރުގައި އެ ބޭފުޅުން ކުރަންހުރި ހަރަދުތައް. އެކަމަކު މި ދެން ރޯލްއޯވާ ކުރަމުން، ކުރަމުން، ކުރަމުން އައިސް މިހާ ހިސާބަށް އައިރުގައި މި އަހަރުގެ ޖެނުއަރީގައި މީގެން 50 މިލިއަން ޑޮލަރުގެ މުއްދަތު ހަމަވީ. އެފަހަރު އަޅުގަނޑުމެން ދެއްކި،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވެފައި ވަނީ އެ ލޯނުގެ ބާކީ ނުދެއްކިވާ 150 މިލިއަން ޑޮލަރު ރޯލްއޯވާ ކުރުމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ