އަލިމަސް ކާނިވާ ސަރަހައްދުގައި އަލަށް ސްޓޭޖެއް އިމާރާތްކުރަން 4.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

ގުޅުންހުރި

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އަލިމަސް ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖު ތަޅާލައި، އަލަށް ސްޓޭޖެއް އިމާރާތްކުރުމުގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.

މި މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ފެށި، ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 140 ދުވަހުގެ މުއްދަތެކެވެ.

އަލިމަސް ކާނިވާ ސަރަހައްދަކީ 2004 ވަނަ އަހަރު މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޮޑު ކާނިވަލެއްގެ ގޮތުގައި ހުޅުވުނު ތަނެކެވެ. އެއަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ކާނިވާ ބޭއްވުމަށް ބޭނުންކުރެވުނު މި ސަރަހައްދު، މިހާރު ބޭނުންކުރަމުން ގެންދަނީ ސިޔާސީ ޖަލްސާތަކާއި މިއުޒިކް ޝޯތައް ބޭއްވުމަށެވެ.

މި އާ ސްޓޭޖު އިމާރާތްކުރުމުން ރާއްޖޭގެ އާންމު އިޖުތިމާޢީ ހަރަކާތްތަކަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ