ރައީސްގެ މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް އިންޑިއާއަށް ވަޑައިގަތުމާ ގުޅޭގޮތުން ޖައިޝަންކަރުއާ މަޝްވަރާ ކުރެއްވި ކަމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވީ މިމަހު 8 އިން 10 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން އިންޑިއާގެ ޓީވީ ޗެނަލް "އޭއެންއައި" އަށް ދެއްވި އިންޓަރިވިއުއެއްގައެވެ.
މި އިންޓަވިއުގައި ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު ޗައިނާއަށާއި ތުރުކީއަށް ވަޑައިގެންނެވީ ދެފަރާތަށްވެސް އެއީ އެންމެ ރަގަޅު ތާރީޚުކަމަށް ގަބޫލުކުރެވިގެން ކަމަށާއި، އިންޑިއާއަށް ރައީސް ވަޑައިގަތުމާގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެދަތުރުފުޅު ލަސްކުރީ އެކަމަށް އެންމެ އެކަށިގެންވާ ތާރީޚެއްގައި އެދަތުރުފުޅު ހަމަޖެއްސުމަށް ދެފަރާތަށްވެސް ގަބޫލުރެވިގެން ކަމުގައި މުސާ ޒަމީރު ވިދާޅުވިއެވެ.
އަދި މޫސާ ޒަމީރު ވިދާޅުވީ އޭނާގެ މި ދަތުރުދުޅުގައި ރައީސް މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަތުމައި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މިއިންޓަވިއުގައި މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރުގެ 3 ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ވެރިންނަށް ބަދަބަސް ބުނުމުގެ ސަބަބުން އެކަން ކުރި މީހުންނާމެދު އެކަށިގެންވާ ފިޔަވަޅު ދިވެހި ސަރުކާރުން އަޅާފައިވާކަމަށާއި، އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
ތިޔަ ވިދާޅުވި ފަދައިން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާކަމަށްވަންޏާ، އަޅުގަނޑުމެން ދެންނެވިން އެއީ ސަރުކާރުގެ ސްޓޭންޑެއް ނޫނޭ، ނޫނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެކަން ކޮށްގެން ނުވާނެއޭ. މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން މިގެންދަނީ. ސޯޝަލް މީޑިއާގައި ވަނީ އޮޅުމެއް އަރާފަ. ދިވެހިރާއްޖެއާއި އިންޑިޔާގެ ސަރުކާރަށް މިކަން ހިނގި ގޮތް ވިސްނި، މިހާރު އަޅުގަނޑުމެން އެ މަރުހަލާ ފަހަނައަޅައިފިން.