ސްޕްރީމް ކޯޓުން ހުކުމެއް ނެރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމަށާއި، ނަމަވެސް އެ އަމުރުނެރުމުގައި ބައެއް ފަނޑިޔާރުން ޖިނާއީ ޒިންމާ އުފުލަންޖެހޭ ފަދަ ކަމަކަށް އަރައިގެންފައިވާނަމަ، އޭގެ ޒިންމާ އުފުލަންޖެހޭނީ ހަމަ އެ ފަނޑިޔާރުން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެކެއް ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުންކަމަށާއި، އޭގެ ނަތީޖާއަށް އެ ފަސް ފަނޑިޔާރުންވެސް ޒިންމާވާން ޖެހޭނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅު ދެއްކެވި ވާހަކަތާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސްޕްރީމް ކޯޓުން އަމުރެއް ނެރުމަކީ އޭގެޒާތުގައި މައްސަލައެއް ނޫންކަމަށެވެ. ސްޕްރީމް ކޯޓުން ނެރޭ އަމުރެއްގައި މުއިއްޒު ވިދާޅުވާ ފަދަ "އިންކޮންސިސްޓެންސީ" އެއް ވާނަމަ، އެކަން ޗެލެންޖު ކުރެވުމުން އެ އަމުރު މުރާޖަޢާކުރުމުގެ ބާރުލިބިގެންވަނީ ހަމަ އެކޯޓަށްކަމަށެވެ. އެގޮތުގެ މަތިން އެ އަމުރު މުރާޖަޢާ ކުރެވިފައި ވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް، އެ އަމުރުނެރުމުގައި ބައެއް ފަނޑިޔާރުން ޖިނާއީ ޒިންމާ އުފުލަންޖެހޭ ފަދަ ކަމަކަށް އަރައިގެންފައިވާނަމަ، އޭގެ ޒިންމާ އުފުލަންޖެހޭނީ ހަމަ އެ ފަނޑިޔާރުން!
– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ޑރ.އަޙްމަދު ޢަބްދުﷲ ދީދީއަށް ރައްދު ދެއްވަމުން މުޢިއްޒު ވިދާޅުވީ، ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫންކަމަށެވެ. އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުންކަމަށާއި، އެ 5 ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނެރުނު ޢަަމުރުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އޭރު ހުންނެވި ޑރ.އަޙްމަދު ޢަބްދުﷲ ދީދީވެސް ސޮއިކުރައްވާފައި ވުމާއި ގުޅިގެންނެވެ. 2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށްވެސް ކަނޑައެޅި އެވެ.
ކޮމެންޓު ފޮނުވާ