ތުރުކީގެ ރައީސް ތައްޔިބު އުރުދޮގާންއާއި ހަމާސްގެ ލީޑަރު އިސްމައިލް ހާނިޔާ

އިސްރާއީލާއެކު ކުރަމުން އަންނަ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ތުރުކީން ހުއްޓާލައިފި

އިސްރާއީލާއެކު ކުރަމުން އަންނަ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ތުރުކީން ހުއްޓާލައިފި

އިސްރާއީލާއެކީ ކުރަމުން އަންނަ ހުރިހާ ވިޔަފާރިއެއް ތުރުކީވިލާތުން ހުއްޓާލައިފިއެވެ.
ތުރުކީވިލާތުގެ ވިޔަފާރީގެ ވުޒާރާއިން ބުނީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން، ތުރުކީވިލާތުން ބުރާސްފަތި ދުވަހުން ފެށިގެން އިސްރާއީލަށް އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުން އެގައުމުން ހުއްޓާލާފައިވާ ކަމަށެވެ.
ތުރުކީގެ ވިޔަފާރީގެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލާ ގުޅުންހުރި އެކްސްޕޯޓް އަދި އިމްޕޯޓް މުއާމަލާތްތައް ހުއްޓާލަން ނިންމި ނިނަމުމުގައި ހުރިހާ އުފެއްދުންތައްވެސް ހިމަނާފައިވާނެ ކަމުގައެވެ. "ޣައްޒާއަށް މެދުކެނޑުމެއްނެތި އަދި އެކަށީގެންވާ މިންވަރަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ އިސްރާއީލު ސަރުކާރުން ނުދޭހާ ހިނދަކު ތުރުކީން މި އާ ފިޔަވަޅުތައް ހަރުކަށިކޮށް އަދި ނިންމަންޖެހޭ ގޮތެއްގައި ތަންފީޒު ކުރާނެ."
2023 ވަނަ އަހަރު ދެ ގައުމުގެ ވިޔަފާރީގެ މިންވަރު ހުރީ 6.8 ބިލިއަން ޑޮލަރަށެވެ.
ތުރުކީވިލާތުން މިދިޔަ މަހު އިސްރާއީލަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ޣައްޒާއަށް ވައިގެމަގުން އެހީދޭން އަންކާރާއަށް ބައިވެރިވުމުގެ ފުރުސަތު އިސްރާއީލުން ނުދިނުމާއި، ޣައްޒާއަށް އެގައުމުން ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ.
މި ފިޔަވަޅުތަކާއި ގުޅޭގޮތުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ގެންދަވަނީ އިސްރާއީލުގެ އިމްޕޯޓާއި އެކްސްޕޯޓަށް ބަނދަރުތައް ބަންދުކޮށް އެއްބަސްވުންތަކާ ޚިލާފުވަމުން ކަމަށެވެ.
އިޒްރޭލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތުރުކީގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ މަސްލަހަތަށް އިހުމާލުވެ، ބައިނަލްއަގްވާމީ ވިޔަފާރީގެ އެއްބަސްވުންތަކަށް އިހުމާލުވެ، އުރުދޮގާން އަމަލު ކުރަމުންދަނީ ޑިކްޓޭޓަރަކު އަމަލުކުރާނެ ގޮތަށް ކަމަށެވެ.
ކާޓްޒް ވިދާޅުވީ ތުރުކީގެ ވިޔަފާރި ހުއްޓުމާއެކު އެކު ވިޔަފާރީގެ އެހެން ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ފޮރިން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށާއި، އުފެއްދުންތެރިކަމާއި އެހެން ގައުމުތަކުން އިމްޕޯޓް ކުރުމަށް ސަމާލުކަން ދީފައިވާ ކަމަށެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *