އީސީގެ އެސްޖީގެ މަގާމަށް އުނައިސް ހަމަހައްސައިފި

އީސީގެ އެސްޖީގެ މަގާމަށް އުނައިސް ހަމަހައްސައިފި

Author
ހުސެއިން
02 މެއި 2024 02:52
0

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ. އެމަގާމަށް ހަމަޖައްސަވާފައިވަނީ އަބްދުﷲ އުނައިސްއެވެ.

އުނައިސް އެމަގާމަށް ހަމަޖައްސަވާފައިވަނީ ސެކެޓްރީޖެނެރަލްގެ މަގާމްގައި ހުންނެވި ހަސަން ޒަކަރިއްޔާ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރެވުމާއި ގުޅިގެންނެވެ.

އުނައިސްވަނީ 2015 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމްތައް ފުރުއްވާފައެވެ. އޭނާ ސެކެޓްރީޖެނެރަލްގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ.

އެސްޖީގެ މަގާމްގެ އިތުރުން އީސީން ވަނީ އެކޮމިޝަންގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރަކަށް އާމިނަތު އަޒީފާ އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ސީނާ ރަޝީދު އައްޔަން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.