ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި ސްކޫލްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ބޮޑު ޗުއްޓީ އަށް ގޮސްފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދިރާސީ އަހަރު ފެށީ 216 ސްކޫލެއްގައި 84،000 ދަރިވަރުންނާ އެކުގައެވެ. އެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައިވާ ގޮތުން 2024-2025 ވަނަ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ސެޕްޓެމްބަރު 26 ގައެވެ. ދެވަނަ ޓާމްގެ ކިޔެވުން އޮކްޓޯބަރު 6 ގައި ފެށޭއިރުގައި ދެވަނަ ޓާމް ނިމި ބޮޑު ޗުއްޓީއާ ދަރިވަރުން ބައްދަލުކުރާނީ 2025 ވަނަ އަހަރުގެ މާޗް 6 ވަނަ ދުވަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބޮޑު ޗުއްޓީ ދިމާވާނީ ރަމަޟާން މަހާއެވެ.
އަންނަ މަހު ދިރާސީ އާ އަހަރު ފަށާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ވަކި މާއްދާއެއް ގޮތުގައި "ގައުމިއްޔަތު" ކިޔަވައިދޭން ފަށާނެއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ނިންމާފައި ވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށެވެ. ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލުކުރެވޭނީ 2026 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ