އާސެނަލް ބަލިކޮށް އެވަޓަން ތާވަލުގެ ދެވަނައަށް

އާސެނަލް ބަލިކޮށް އެވަޓަން ތާވަލުގެ ދެވަނައަށް

އިނގިރޭސި ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލް ބަލިކޮށް އެވަޓަނުން ތާވަލުގެ ދެވަނައަށް ޖެހިލައިފި އެވެ.

މެޗުގައި އެވަޓަންގެ ފުރަތަމަ ލަނޑަކީ އާސެނަލްގެ ރޮބް ހޯލްޑިން އަތުން ބައިކޮޅަށް ވަތްލަނޑެކެވެ. އާސެނަލަށް ވަނީ އެންމެފަހުން ލީގުގައި ކުޅުނު ހަތްމެޗުގައި ވެސް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމުގައި ކުރި ނުހޯދިފައެވެ. މިއީ އާސެނަލްގެ މިހާރުގެ ކޯޗު މައިކަލް އާޓެޓަރ އާސެނަލަށް ކުޅުނުއިރުު، އެޓީމުން އެވަޓަންއާ ބައްދަލުކުރި މެޗްގައި ބައިކޮޅަށް ލަނޑެއް ޖެހިފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗެއްގައި އާސެނަލްގެ ކުޅުންތެރިޔަކު ބައިކޮޅަށްޖެހި ފުރަތަމަ ލަނޑެވެ. އާސެނަލުން ވަނީ މިސީޒަންގައި މިހާތަނަށް ބައިކޮޅަށް ތިންލަނޑުޖާހަފައެވެ.

މެޗުގެ ނަތީޖާ އާސެނަލުން ހަމަހަމަކުރީ ލިބުނު ޕެނެލްޓީއަކުން ނިކޮލަސް ޕެޕޭއެވެ. މިމެޗުން އެވެޓަން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަ ހާފު ނިމުމުގެ ކުރިން ޑިފެންޑަރު ޔެރީ މިނާއެވެ. މިއީ ލީގުގައި ފުރަތަމަ 45 މިނިޓުގެ ތެރޭގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. އެވަޓަނުން ލީގުގައި މިހާތަނަށް ވަނީ ސެޓްޕީސްތަކުން 8 ލަނޑު ޖަހާފައެވެ.

މި މޮޅާއެކު 14 މެޗުން 26 ޕޮއިންޓް ހޯދައިގެން އެވަޓަނުން ވަނީ ލީގުގެ ދެވަނައަށް ޖެހިލާފައެވެ. 14 މެޗު ކުޅުނު އިރު ލީގުގައި އާސެނަލް އޮތީ ރެލިގޭޝަން ޒޯނާ ހަތަރު ޕޮއިންޓް ގާތުގައިއެވެ. މިއީ ވޭތުވެދިޔަ 46 އަހަރުގެ ތެރޭގައި އާސެނަލުން އެންމެދަށްކޮށް ފެށި ސީޒަންއެވެ. ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން އެޓީމު ވަނީ 8 މެޗުން ބަލިވެފައެވެ. މިވަގުތު އާސެނަލް އޮތީ ކުޅުނު 14 މެޗުން 14 ޕޮއިންޓް ހޯދައިގެން ތާވަލުގެ 15 ވަނައިގައެވެ.

ރޭ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ފުލަމް ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *