ފާއިތިވި މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް އިންޑިއާއިން މަރުހަބާ ކިޔައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ (އެމްއީއޭގެ)އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކަމާއެކު ބޭއްވުމުން އިންޑިއާއިން ރާއްޖެއަށް މަރުހަބާ ކިޔާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެ ގައުމުގެ ދެމެދުގައި ބަރުލަމާނީ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އެމްއީއޭގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ނިއު ދިއްލީ އާއި މާލެއަކީ ތާރީހީ ގުޅުމެއް އޮންނަ ދެ ގައުމެއް ކަމަށާއި އިންޑިއާއިން ރާއްޖެއާ އެކު ތަރައްގީގެ އެއްބާރުލުން ދިނުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ.
ކޮންމެ ހަފުތާއަކު ބާއްވަމުން އަންނަ މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަމުން ޖައިސްވާލް ވިދާޅުވީ ރާއްޖެއާ އެކު ޒަމާންވީ ތާރީހީ ގުޅުމެއް އޮންނަ ކަމަށެވެ.
އަޅުގަނޑުމެން ރާއްޖެއާ އެކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރޮގްރާމެއް ހިންގަމުން އެބަދަން، އެއް ޕްރޮގްރާމެއް ކުރިއަށް އެބަދޭ. ދާދި ފަހުން ރާއްޖޭގައި ވަނީ މަޖިލިސް/ މަޖިލިސް އިންތިހާބު ބާއްވާފަ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުވުމުން ރާއްޖެއަށް މަރުހަބާ ދަންނަވަން. އަޅުގަނޑުމެން (އިންޑިޔާ) އާއި ދިވެހިރާއްޖެއާ ދެމެދު ރައްޔިތުންގެ މަޖިލީހުގެ ފެންވަރުގައި ވަރަށް ގިނަ އެކްސްޗޭންޖްތައް އެބަހުރި. އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އާ މަޖިލީހާއެކު މި އެކްސްޗޭންޖްތައް ކުރިއަށް ގެންދިއުން."
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވިއެވެ.
ފާއިތުވި އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރުން ވަނީ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. މިއިންތިޚާބުގައި، އިންޑިއާއާއި ގުޅުން އޮންނަ އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ.