ޑްރަގް ބުލެޓްތަކެއް ދިރުވާލައިގެން ހާލުދެރަވި މީހާ އަދިވެސް އައިޖީއެމްއެޗް އައިސީޔޫގައި

ޑްރަގް ބުލެޓްތަކެއް ދިރުވާލައިގެން ހާލުދެރަވި މީހާ އަދިވެސް އައިޖީއެމްއެޗް އައިސީޔޫގައި

Author
ހުސައިން
25 އޭޕްރިލް 2024 12:40
0

ޑުރަގް ހުރި ބުލެޓްތަކެއް ދިރުވާލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފެށި މީހާ އަދިވެސް އޮތީ އައިސީޔޫގައި އެޑްމިޓް ކޮށްފައިކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އައިޖިއެމްއެޗްއިން ބުނެފައިވަނީ އަދިވެސް އެމީހާގެ ހާލު ސީރިއަސްކަމުގައެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ، އެ މީހާއަކީ ކުރީރޭ މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ހަށިގަނޑުގެ ތެރޭގައި ޑުރަގް ފޮރުވައިގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗް އަށް ގެންގޮސް އޭނާގެ އާއިލާއަށް އެކަމުގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންއަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ދިރުވާލައިގެން އުޅުނީ ކިތައް ޑުރަގް ބުލެޓް ކަމެއް އަދި އެއީ ކިހާ އުމުރެއްގެ މީހެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.