މާރޗްމަހު ރާއްޖެއަށް އެތެރެ ކޮށްފައިވާ މުދާ %4 އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %4 އިތުރު މިންވަރެކެވެ.
އެގޮތުން މި މާޗު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި އިރު އަގުގެ ގޮތުން އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ އޮމާން އިންކަމަށްވެސް ހިސާތަކުން ވަނީ ދައްކާފައެވެ. މިދިޔަ މަހު ރާއްޖޭން 124 މިލިއަން ރުފިޔާގެ މުދާ ބޭރު ކުރި އިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %64 ދަށް އަދަދެކެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ މާރޗު މަހު އެ އިދާރާ އަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރާ އަޅާބަލާއިރު %3 ދަށްވެފައިވާ ކަމަށެވެ. މި އަހަރުގެ މާޗު މަހު ކަސްޓަމްސް މެދުވެރިކޮށް 320 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ މަހު އެންމެ ގިނައިން އެތެރެކޮށްފައިވާ ބާވަތްތަކުގެ ތެތޭގައި ތެލާއި ގޭހުގެ ބާވަތް (1 ބިލިއަން ރުފިޔާ)ތަކާއި، ކާބޯތަކެތީގެ ބާވަތް (985 މިލިއަން ރުފިޔާ)ތަކާއި، މެޝިނަރީ އަދި މެކޭނިކަލް އެޕްލަޔަންސް؛ އިލެކްޓްރިކަލް (728 މިލިއަން ރުފިޔާ) ބާވަތްތައް ހިމެނެއެވެ.
އަދި އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް ތަކުގެ ތެރޭގައި އޮމާން – 777 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %18)، އިންޑިއާ – 763 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %17)، ޔޫއޭއީ – 671 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %15)، އަދި
ސިންގަޕޫރު – 401 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %9) ހިމެނެއެވެ.
މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ފަސް ގަައުމެއް ހިމެނެއެވެ. އެއީ ތައިލެންޑް، އިނގިރޭސިވިލާތް، ޖަރުމަނު، އިންޑިއާ، ފްރާންސް އެވެ.
ކޮމެންޓު ފޮނުވާ