ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަންޖެހޭ ހާލަތެއް ނެތްކަމަށް ނިންމައިފި

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަންޖެހޭ ހާލަތެއް ނެތްކަމަށް ނިންމައިފި

Author
ހުސައިން
25 އޭޕްރިލް 2024 09:58
0

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭފަދަ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް އަބްދުއްރަހްމާން އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އޭނާއަށް ލިބުނީ 1،070 ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ މުހައްމަދު އަލީއަށް 1،074 ވޯޓު ލިބުނެވެ.

އެ ދާއިރާއަށް ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއީލް އަހުމަދަށް 579 ވޯޓު ލިބުނުއިރު ޖޭޕީން ވާދަކުރެއްވި އަޒްލީން އަހުމަދަށް 77 ވޯޓު ލިބުނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓު ފޮށިތައް އަލުން ގުނުމާމެދު އެ ކޮމިޝަނުން މިއަދު ގޮތެއް ނިންމާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.