ވިލިގިލީ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުހުސެއިން ބަލިކޮށް، އެދާއިރާއަށް މިނިވަން ކެނޑިޑޭޓެއްގެ އިންތިޚާބުވި ޢާޒިމް ޢަބްދުލްޢަޒީޒް ޕީއެންސީއަށް ސޮއިކޮށްފިއެވެ. އެނގިފައިވާގޮތުގައި އެނާ ޕީއެންސީއަށް ސޮއި ކޮށްފައިވަނީ އިއްޔެއެވެ.
އާޒިމްއަކީ ވިލިގިލީ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި ފަރާތެކެވެ. ޕްރައިމަރީ ކާމިޔާބުކޮށް އެދާއިރާގެ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރީ ޔަޒްމީދު މުހައްމަދުއެވެ. އޭނާ މިއިންތިޚާބުގައި ދިޔައީ ދެވަނައަށެވެ. އޭނާއާއި ޢާޒިމްއާދެމެދު ދުއިސައްތައެއްހާ ވޯޓުގެ ތަފާތު ހުއްޓެވެ.
އެގޮތުން އާޒިމްއަށް 1129 ވޯޓު ލިބުނިއިރު އޭނާއާއި އެންމެ ގާޓުން ވާދަކުރި ޔަޒްމީދަށް ލިބުނީ 972 ވޯޓެވެ. މިހާރުގެ މެމްބަރު ސައުދު ހުސެއިންއަށް ލިބުނީ 231 ވޯޓެވެ.
އާޒިމް ސަރުކާރު ހިންގާ ޕާޓީއަށް ސޮއިކުރެއްވިއިރު، ރައްޔިތުންގެ މަޖިލިހުން ދާދިފަހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ބުނާގޮތުން މިނިވަން މެމްބަރުން ޕާޓިއަކަށް ގުޅިވަޑައިގަތަސް މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހެއެވެ. އަދި އެގާނޫނުގައި އޮންނަގޮތުން އިންތިޚާބުވާ ދުވަހުން ފެށިގެން އެއްވެސް މެމްބަރަކަށް ޕާޓީ ބަދަލުކުރުމުގެ ފުރުސަތެއް ނޯވެއެވެ.
އެހެންނަމަވެސް އެ ގާނޫނު މަޖިލިހުގެ ތަޅުމުން ފާސްކުރުމުގެ ކުރިން އެމްޑީޕީން ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފައި ވެއެވެ.
ކޮމެންޓު ފޮނުވާ