20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންނަށް އެ މެމްބަރުންގެ ދާއިރާގެ ކަންކަމާއި ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ މަންދޫބެއް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއީ އެމިނިސްޓްރީއާ ގުޅޭ ކަންކަމުގައި ހިދުމަތް އަވަސްކުރުމަށް ހަމަޖެއްސި ހާއްސަ މަންދޫބެއް ކަމުގައެވެ.
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން ދާއިރާގެ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށް ގުޅުއްވުމަށް ޚާއްޞަ މަންދޫބެއް ކަނޑައެޅުއްވީ ކަމުގައެވެ.
މިކަމަށް ޚާއްސަ ކުރައްވާފައިވަނީ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އުސްތާޛު ޔާސީން ނަޢީމްއެވެ.
މަޖްލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުން އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ. ޕާޓީތަށް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ޚިދުނަތް ދެވޭނެ.
ޝަހީމް ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ