ޝާހްރުކާއި ސުހާނާގެ ފިލްމަށް 200 ކްރޯޑް

ޝާހްރުކާއި ސުހާނާގެ ފިލްމަށް 200 ކްރޯޑް

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2024 11:03
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމް "ކިންގް" އަށް 200 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.

މި ދެބަފައިން ކުޅެން ހަމަޖެހިފައިވަނީ އެކްޝަން ތުރިލާއެކެވެ. އެގޮތުން މި ފިލްމްގެ ބޮޑު ބައެއް ގައުމުން ބޭރުގައި ނެގުމަށް ތާވަލް ކޮށްފައިވާ ކަމަށް ވެއެވެ. އަދި މުޅި ފިލްމް ގެ ޝޫޓިން ނިންމާލުމަށް 6 މަސްދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

މީޑިއާތަކުން ބުނީ މި ފިލްމު ހަދަން ނިންމާފައި ވަނީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓާއި މިދިޔަ އަހަރު ރިލީޒްކުރި އޭނަގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި، މާފްލިކްސް ފިކްޗާސް ގުޅިގެން ކަމަށެވެ. މާފްލިކްސްގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކީ ސިދާތު ގެނެސްދިން "ފައިޓާ" އެވެ.

މި ފިލްމްގެ މަސައްކަތް ނިންމައިލުމަށް ފަހު ޝާހްރުކް ދެން ވަގުތު ދޭނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސުޕައި ޔުނިވާސްގެ "ޓައިގާ ވާސަސް ޕަތާން" އަށް ކަމަށް ނޫސްތަކުން ބުނެއެވެ. އެ ފިލްމް އަކީ ސަލްމާން އާއި އެކުގައި އަހަރު ތަކަކަށް ފަހު ޝާހު ފެނިގެންދާނެ ފިލްއެކެވެ.

 

View this post on Instagram

 

A post shared by D’YAVOL X (@dyavol.x)

ސުހާނާގެ އަލަތު ފިލްމް އަކީ "ދި އާޗީސް" އެވެ. ނަމަވެސް ފިލްމް ރިލީޒް ކުރަނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގައިއެވެ. ބައްޕަ އާއި އެކުގައި ފިލްމްއެއްގެ މަސައްކަތް ކުރާއިރުގައި މީ ސުހާނާގެ ދެވަނަ ފިލްމްއަށް ވެގެންދާނެެވެ. އަދި ބައްޕަ އާއި އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމް އަށް ވެސް ވެގެން ދާނެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.