"ލަވް އެންޑް ވޯ" އާލިއާ ފެނިގެންދާނީ ޖޭޒް ލަވަކިޔުންތެރިއެއްގެ ރޯލު

"ލަވް އެންޑް ވޯ" އާލިއާ ފެނިގެންދާނީ ޖޭޒް ލަވަކިޔުންތެރިއެއްގެ ރޯލު

Author
ފާތިމަތު ނާވީ
22 އޭޕްރިލް 2024 05:36
0

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ގައި ބަތަލާ އާލިއާ ބަޓް ކުޅޭނީ ޖޭޒް ލަވަކިޔުންތެރިއެއްގެ ރޯލު ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ފިލްމުގެ ކާސްޓުގައި ހިމެނެނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ އެކްޓަރު ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް އަދި ވިކީ ކައުޝަލް އެވެ. މި ތިން ތަރިންނަކީވެސް ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ތިން ތަރިންނެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

މި ފިލްމު ވާނީ ބަންސާލީއާ އެކީ ވިކީ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. އަދި އާލިއާ އާއި ރަންބީރާ އެކީ ކާމިޔާބު ޑައިރެކްޓަރު ހަދާ ދެވަނަ ފިލްމަށެވެ. ބަންސާލީ އަކީ ރަންބީރު ބޮލީވުޑްއަށް ތައާރަފް ވި ފިލްމް  2007 ގެ "ސާވަރިއާ" ގެ ޑައިރެކްޓަރެވެ. އާލިއާ އާއި އެކުގައި ބަންސާލީ ވަނީ 2022 ވަނަ އަހަރުގެ ކާމިޔާބު ފިލްމް "ގަންގޫބައި ކަތިއަވަޅީ" ގައި މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

"ލަވް އެންޑް ވޯ" ވާނީ ރަންބީރާއި އާލިއާ އެކީގައި ކުޅޭ ދެވަނަ ފިލްމަށެވެ. އެ ދެމަފިރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2022 ގެ "ބުރައްމަސްތުރާ" އެވެ. އެ ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމް އެއްވެސް މެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ބަންސާލީ ފާހަގަ ކުރެވެނީ ކާމިޔާބު ފިލްމް ޑައިރެކްޓަރެއްގެ ގޮތުގައިއެވެ. އެގޮތުން އޭނާ ގެނެސްދީފައިވާ ކާމިޔާބު ފިލްމް ތަކުގެ ތެރޭގައި "ދޭވްދާސް" އާއި "ރާމް ލީލާ" އާއި "ޕަދުމާވަތީ" ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.