ގާސިމްއާއި ސިޔާމް ގޮނޑި ކާމިޔާބު ކުރައްވައިފި

ގާސިމްއާއި ސިޔާމް ގޮނޑި ކާމިޔާބު ކުރައްވައިފި

Author
ހުސައިން
21 އޭޕްރިލް 2024 09:35
0

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ ދެމެމްބަރުން ކަމުގައިވާ ގާސިމް އިބްރާހިމް އާއި އަހުމަދު ސިޔާމް މުހައްމަދު، ދެބޭފުޅުންގެ ގޮނޑިވެސް ކާމިޔާބު ކުރައްވައިފިއެވެ. ދެބޭފުޅުންވެސް ކާމިޔާބު ކުރައްވާފައިވަނީ ދެބޭފުޅުން މިހާރުވެސް މެމްބަރުކަން ކުރައްވަމުން ގެންދަވާ ދާއިރާތަކެވެ.

މިއީ ސިޔާމް މަޖިލީހުގެ ގޮނޑި ދިފާއުކުރެއްވި ފަސް ވަނަ ފަހަރެވެ. މިއީ ގާސިމް ގޮނޑި ކާމިޔާބު ކުރައްވާ 4 ވަނަ ފަހަރެވެ.

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގިނަ ގިނަ ގޮނޑިތައް ކާމިޔާބުކޮށް ވެރިކަން ކުރާ ޕީއެންސީން މަޖިލިހުގެ ސުޕަރ މެޖޯރިޓީ ކަށަވަރު ކޮށްފާނެކަމަށް ނަތީޖާއިން ދައްކާއިރު ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީކަމަށްވާ ފުވައްމުލަކުގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ވަނީ ކާމިޔާބު ކޮށްފައެވެ.

މިހާރު އިއުލާން ކުރަމުންދާ ނަތީޖާއިން ދައްކާ ގޮތުގައި މާލޭގެވެސް އެންމެ ދެގޮނޑި ފިޔަވާ އެހެން ހުރިހާ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކުރާނެކަމަށް ވަނީ ދައްކާފައެވެ.

އެގޮތުން މިހާރު ދައްކާ ގޮތުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50އަށްވުރެ ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑިއެވެ.

މިހާރު ބެލެވޭގޮތުގައި މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ ގިނަ މެމްބަރުންނަށް ގޮނޑި ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމްއާއި ރައީސް ސާލިހުގެ އަމިއްލަފުޅު ރަށް ނިސްބަތްވާ ހިންނަވަރު ދާއިރާގެ މެމްބަރުން ޖީހާންވެސް ހިމެނިވަޑައިގެންނަވައެވެ. އަދި ޕީއެންސީން ވަނީ ބޮޑެތި ހުރިހާ ސިޓީތަކުންވެސް މެޖޯރިޓީ ހޯދާފައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.