ސިފައިންގެ ހިންމަތާއި މިންނަތް ފަޚުރުވެރިކަމާއެކު ބަލައިގަންނަން: ރައީސް

ސިފައިންގެ ހިންމަތާއި މިންނަތް ފަޚުރުވެރިކަމާއެކު ބަލައިގަންނަން: ރައީސް

Author
ހުސައިން
21 އޭޕްރިލް 2024 05:07
0

ދިވެހި ސިފައިން ކުރައްވަވާ ހިންމަތާއި މިންނަތް ދިވެހީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައިކަމަށެވެ.

ޤައުމާއި ރައްޔިތުންނަށްޓަކައި ރެއާއި ދުވާލު ދިވެހި ސިފައިން މަސައްކަތް ކުރަނީ އިޚްލާސްތެރިކަމާއި ގަދަ ހިތްވަރާއި އަޒުމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.