40 އިންސައްތަ މީހުން ވޯޓު ލައިފި

40 އިންސައްތަ މީހުން ވޯޓު ލައިފި

Author
ހުސައިން
21 އޭޕްރިލް 2024 02:08
0

މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިއަދުގެ 13:00އާއި ހަމައަށް 113،627 މީހުން ވޯޓުލާފައިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީން ބުނެފައިވަނީ މިއީ ވޯޓުމުގެ ހައްގު ލިބިފައިވާ މީހުންގެ %40 ކަމުގައެވެ. މީގެތެރެއިން %18 އަކީ އަންހެނުންނެވެ. %22 އަކީ ފިރިހެނުންނެވެ. މިހާތަނަށް 171،036 މީހުން ވޯޓުލާފައި ނުވެއެވެ. އެއީ ވޯޓުލުުމުގެ ހައްގު ލިބިފައިވާ މީހުންގެ %60 އެވެ.

20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

އިންތިޚާބުގައި ވޯޓުލުމަށް 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 241 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ސީދާ މާލޭގައި 181 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުޅުމާލޭގައި 51 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓު ލިބުމުގެ ހައްގު ލިބިފައިވާއިރި އޭގެ ތެރެއިން 145،302 މީހުންނަކީ ފިރިހެނުންނެވެ. 139،361 މީހުންނަކީ އަންހެނުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.