އިންތިޚާބުގެ ޝަކުވާތަކަށް އެމްޑީޕީން ޚާއްސަ ނަންބަރެއް ތައާރަފް ކޮށްފި

އިންތިޚާބުގެ ޝަކުވާތަކަށް އެމްޑީޕީން ޚާއްސަ ނަންބަރެއް ތައާރަފް ކޮށްފި

Author
ހުސައިން
21 އޭޕްރިލް 2024 01:51
0

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ޝަކުވާތަކަށް އެމްޑީޕީން ޚާއްސަ ނަންބަރެއް ތައާރަފް ކޮށްފިއެވެ.

އެމްޑީޕީން ތައާރަފް ކުރި ނަންބަރަކީ 7391637 އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަަށް އެމްޑީޕީން 89 ދާއިރާއަކަށް ވާދަކުރެ އެވެ. މަޖިލިހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. މިހާތަނަށް އައިއިރު އިންތިހާބުގައި ލައްކައެއްހާ މީހުން ވޯޓުލާފައިވެ އެވެ.

މިއަދުގެ ވޯޓްލުން ކުރިޔަށްދާނީ ހަވީރު 05:30ގެ ނިޔަލަށެވެ.

20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

އިންތިޚާބުގައި ވޯޓުލުމަށް 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 241 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ސީދާ މާލޭގައި 181 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުޅުމާލޭގައި 51 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.