"އުލަޖް" ގެ ޓްރެއިލާ ދައްކައިލައިފި

"އުލަޖް" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
18 އޭޕްރިލް 2024 12:38
0

ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރްގެ ސިޔާސީ ފިލްމު "އުލަޖް" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.

މީ ޖާންވީގެ ކެރިއަރުގައި މިފަދަ ރޯލަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ފިލްމް އަކީ ވަރަށް އިންޓްރަސްޓިންގ ފިލްމް އަކަށް ވެގެން ދާނެ ކަމަށް ޓްރެއިލާ އިން ވެސް ބެލެވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ސިޔާސީ ކަތަށްތަކެއް ދައްކުވައިދޭ އަދި އެފަދަ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް ގައި ޖާންވީ އާއި އެކުގައި ދެން ފެނިގެންދާނީ ހުސް ފިރިހެން ތަރިންނެވެ.

ޖާންވީ އާއި އެކުގައި ލީޑުން ވެސް ފެނިގެން ދާނީ މާ މަޝްހޫރު ނޫން އެކްޓަރުން ކަމުގައިވާ ގުލްޝަން ދެވިއާ އާއި ރޯޝަން މެތިއު އެވެ. މިފިލްމް ގެ ކާސްޓުގައި މިޔަންގް ޗަންގް، ސަޗިން ކެޑޭކަރް، ރާޖަންދުރަ ގުޕްތާ އަދި ޖިތެންދުރަ ޖޯޝީ ވެސް ހިމެނެއެވެ.

ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ. ޖަންގްލީ ޕިކްޗާސް އިން މީގެ ކުރިން ވަނީ ކާމިޔާބު އެތަށް ފިލްމް އެއް ގެނެސްދީފައިއެވެ. އެގޮތުން ރާޒީ" ފަހަގަ ކޮށްލެވެއެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ސުދާންޝޫ ސާރިއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.