ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުގެ އޮފީހުގައި ހުޅު ޖަހައިފި

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުގެ އޮފީހުގައި ހުޅު ޖަހައިފި

Author
އަހުމަދު
16 އޭޕްރިލް 2024 06:13
0

ހދ. ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު ފަރުހަތު މުހައްމަދުގެ އޮފީހުގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.

މި އޮފީހުގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑީއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ އެ ތަނުގައި ރޯކޮށްލުމަށް ފަހު ދެ މީހަކު ފިލާ މަންޒަރެވެ. އެމީހުން ތިބީ ވިއްސާރަ ކޯޓް ލައި, މޫނު ނިވާކޮށްގެންނެވެ.

އެކަމެއް ހިނގާފައި ވަނީ ރޭ ދަންވަރު 3:45 ހާއިރެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް ތިން ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ފަރުހަތުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އަމިއްލަ ގޮތުން ވާދަކުރައްވާ އައިމަން މުހައްމަދެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.