އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ ބިން ހިއްކަން ފަށައިފި

އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ ބިން ހިއްކަން ފަށައިފި

Author
ހުސެއިން
13 އޭޕްރިލް 2024 08:14
0

އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ ބިން ހިއްކަން ފަށައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުދޫގައި 11.7 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި މީދޫގެ ދެ ރަށުގައި 20.6 ހެކްޓަރުގެ ބިން ހިއްކުމާއެކު ގޮނޑުދޮށް ހިމާޔަތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއަށް 180 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.