މާލޭގައި ޓެކްސީ ޑްރައިވަރުން ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް ދަތުރު ކުރާ ނަމަ، ކިއުއާރު ކޯޑެއް މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅޭ ގޮތް ހަދައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ދަތުރު ކުރަން ބޭނުންވާ މަންޒިލެއްގެ ސަބަބުން ދަތުރު ކުރަން އުޒުރުވެރިވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށެވެ.
ސަރުކާރުން ކަނޑަ އަޅާފައިވާ އަގު ތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މި ވުޒާރާއަށް ލިބެމުންދާތީ އެކަމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. pic.twitter.com/Zj7PxbYG9N
— Ministry of Transport and Civil Aviation (@MoTCAmv) April 9, 2024
އެފަދަ ކަންކަމަކީ މަނާ ކަމެއް މިނިސްޓްރީން ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ކިއު އާރު ކޯޑު މެދުވެރިކޮށް ސްކޭން ކުރެވޭނެ ކަމަށެވެ.
މާލޭގައި ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ. އާއި މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ. އާއި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ. އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އާއި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ. އެކަމަކު، ބައެއް ޓެކްސީ ޑްރައިވަރުން މި އަގަށް ވުރެ ބޮޑު އަގުގައި ދަތުރު ކުރާ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރެއެވެ.