ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ޔާމީން ވިދާޅުވަނީ ސިޔާސީ ބޭނުމަށް: އާދަމް ޝަރީފް

ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ޔާމީން ވިދާޅުވަނީ ސިޔާސީ ބޭނުމަށް: އާދަމް ޝަރީފް

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2024 12:11
0

ރައީސް ޔާމިންގެ ޝަރީއަތަށް މިސަރުކާރުން ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ އެމަނިކުފާނު ވާހަކަ ދައްކަވަމުން ގެންދަވަނީ ސިޔާސީ ބޭނުމަށްކަމަށް، ކައުންސިލްތަކާބެހޭ މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއެވެ.

ރައީސް ޔާމިންގެ ޕީއެންއެފްއިން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރުން އެކަނިކުފާނަށް ނުފޫޒު ފޯރުވާކަމަށް ހީފުޅު ކުރެއްވެންޏާ އެއީ އެވާހަކަ ދެ ގޮތަކަށް މޭރުން ކުރެވޭ ކަމުގައެވެ.

އޭގެެއިން އެއް ގޮތެއް ކަމަށް އޭނާ ވިދާޅުވީ ރައީސް ޔާމިން މިނިވަންކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފަ ނެތުމެވެ. އަދި އަނެއް ގޮތަކީ ހަމަ ކަނޑައެޅިގެން މިވަގުތު ސިޔާސީ ބޭނުމަށްޓަށްކައި ރައީސް ޔާމީން އެގޮތަށް ވިދާޅުވަމުން ގެންދިއުމެވެ.

އަޅުގަނޑަށް ގަބޫލުކުރެވެނީ 2 ގޮތެއް، އެއްގޮތަކީ އަޅުގަނޑުމެން މިކުރި މަސައްކަތް އެ އިރުގައި އެ ކިޔާދީފައި ހުރި ބޭފުޅުން، ކިޔާ ނުދެއްވީ، އަނެއްގޮތަކީ ހަމަ ކަނޑައެޅިގެން މިވަގުތު ސިޔާސީ ބޭނުމަށްޓަށްކައި ރައީސް ޔާމީން އެގޮތަށް ވިދާޅުވަނީ.
އާދަމް ޝަރީފް ވިދާޅުވިއެވެ.

ޔާމީނަށް ފާޑު ވިދާޅުވަމުން އިއްޔެގެ ޕެނަލް ޑިސްކަޝަންގައި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ހައްގުގައި ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ވެވަޑައިގެންނެވީ ވަަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. އަދި އެ ބޭފުޅުން މިދިޔަ ފަސް އަހަރު އުޅުއްވީ ވަރަށް ހިތްދަތި ހާލެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.