މަަގުހުރަސްވާގޮތަށް ބޮކި ދަނޑި ތަކުގައި ކެމްޕެއިން ބޭނާތަކާއި ވައު އެއްސުން އައްޑޫ ސިޓީ ކައުންސިލުން މާނާ ކޮށްފިއެވެ.
އެކައުންސިލުން ނެރުނި އިއުލާނެއްގައި ބުނެފައިވަނީ، އައްޑޫސިޓީގެ އަވަށްތަކުގައި މަގުބައްތި ހަރުކޮށްފައިވާ ހޮޅި ދަނޑިތަކުގައި، ކެމްޕެއިން ބެނާތަކާއި ދިދަފަތިތައް ދެމުމަށް ވައު އެއްސުމަކީ ކުރީއްސުރެވެސް މަނާކުރެވިފައިވާ ކަމެއް ކަމަށާއި، އެ ސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެފްކޮންސްގެ ފަރާތުން އަލައް ޖަހަމުން އަންނަ މަގުބައްތިތަކުގައިވެސް ވައު އައްސައި ކެމްޕެއިން ބެނާތައް ހަރުކުރަމުން ދާކަމުގެ ޝަކުވާ މި އިދާރާ އަށް ލިބެމުންދާތީވެ، އެފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ އިޢުލާން ކުރާ ކަމަށެވެ.
ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ، މަގުބައްތި ތަކުގައި ބެނާތަކާއި ދިދަފަތިތަށް ހަރުކުރުމަށް ވައު އައްސާފައިވާ ފަރާތްތަކުން އެފަދަ ތަކެތި 08 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ނެގުމަށް އަންގާ ކަމުގައެވެ.
އަދި މިމުއްދަތުގެ ފަހުން މަގު ބައްތި ތަކުގައި މަގު ހުރަސް ވާގޮތަށާއި ދިދަފަތި ދެމުމަށް އައްސާފައިވާ ވައުތައް އެކައުންސިލުން ނައްޓާލާނެކަމަށްވެސް ބުނެފައި ވެއެވެ.
މިހާރު ކުރިޔަށްދާ މަޖިލިސް އިންތިޚާބު ކެމްޕޭންގައި ގިނަ ބަޔަކު ދަނީ އެކިތަންތަނުގައި ބެނާތަކާއި ބިލްބޯޑުތައް ހަރުކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ