ގަޔަށް ބާރު ހެދުމާއި އެކުގައި ޕަރިނީތީ ބަނޑުބޮޑު ނޫންކަން ޔަގީންކޮށްދީފި

ގަޔަށް ބާރު ހެދުމާއި އެކުގައި ޕަރިނީތީ ބަނޑުބޮޑު ނޫންކަން ޔަގީންކޮށްދީފި

Author
ފާތިމަތު ނާވީ
07 އޭޕްރިލް 2024 01:19
0

ބަނޑުބޮޑުކަމަށް ބުނެ މީޑިއާގައި އެވާހަ ދައްކަނިކޮން ބަތަލާ ޕަރިނީތީ ޗޯޕްރާ ގަޔަށް ބާރު ހެދުމެއް ގައި ވީޑީއޯ އެއް ހަދައި ބަނޑޫބޮޑު ނޫންކަން ޔަގީންކޮށްދީފިއެވެ.

ޕަރިނީތީ ބަނޑުބޮޑު ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ދެކެވެން ފެށި އޭނާ ހެދުނަ އެޅުމުގެ ސްޓައިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމާއި ގުޅިގެނެންނެވެ. ވަރަށް ގަޔަށް ދޫ ހެދުން ނުވަތަ ކަފްތާން ސްޓައިލް ގެ ބޮޑެތި ހެދުން ތަކުގައި އޭނާ ވަނީ ވަރަށް ގިނައިން ފެނިގެން ގޮސްފައިއެވެ.

އެއާއި އެކު އޭނާ މިހާރު ހެދުން އަޅަމުން ދަނީ ބަނޑު ބޮޑުކަން ފޮރުވުމަށް ކަމަށް ބުނެ އަންނަނީ މީޑިއާގައި ވާހަކަ ދައްކަމުންނެވެ. ނަމަވެސް ޕަރިނީތީ ވަނީ އޭނާ ބަނޑުބޮޑު ކަމަށް ބުނާ މީހުންގެ އަންގަ މީގެ ކުރިންވެސް ބަންދުކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

 

ޕަރިނީތީ ލޯބިވެރިޔާ ރާގަވް ޗައްޑާ އާއި ކައިވެނި ކުރީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގައިއެވެ. ކުލަގަދަ ކޮން ބޭއްވި މި ކައިވެނީގައި ބޮލީވުޑްގެ ގިނަ ބަޔަކު ވަނީ ބައިވެރި ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.