މި ރޯދަމަހާއި ދިމާކޮށް ސަރުކާރުން ފޯރުކޮށް ދޭން ފަށާފައިވާ ހަނޑު އަދި ފުށް 80،000 އަށްވުރެ އައިލާއަށް މިހާރު ފޯރުކޮށްދީފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓިއޯގެ ތަފާސް ހިސާބު ތަކުން ދައްކާފައިވާ ގޮތުގައި 80،000 އަށްވުރެ ގިނަ އާއިލާތަކަށް މިހާރު ރޯދަ ހަދިޔާ ފޯރުކޮށްދީފައިވާއިރު، ރޯދަ ހަދިޔާ ލިބެންޖެހޭ ޖުމްލަ 99،000 އަށްވުރެ ގިނަ އާއިލާ ރާއްޖޭގައި އުޅޭ ކަމަށް ހިސާބުތަކުން ދައްކައެވެ.
ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރަން ނިންމި ހަނޑޫ އަދި ފުށް ނުގެންދެވުނު މީހުންނަށް އެތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ ގޮތް މިހާރުވަނީ ހަމަޖައްސާފައެވެ.
އެސްޓީއޯ އިން ބުނެފައިވަނީ ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް (މާލެ ސަރަހައްދުން) ނުގެންދެވި ހުރި ފަރާތްތަކަށް މިއަދުން ފެށިގެން ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.
އެކަމަކު، ހުކުރު ދުވަހު ކާޑު ނުބަހާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ކާޑު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކުރިން ފަހަރެކޭ އެއްގޮތަށް ދިވެހިންނަށް އެކަންޏެވެ. ކާޑު ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރއަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު އެވެ.
ކާޑު ދޫކުރަން ނިންމާފައިވާ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.
މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނީ ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ ކާޑުގެ ބާވަތްތައް މާލެ ސަރަހައްދުން 22،000 އަށް ވުރެ ގިނަ މީހުން ގެންދިޔަ ކަމަށެވެ.
ކޮމެންޓު ފޮނުވާ