"ޕުޝްޕާ 2″ ގެ ޓިޒާ އެއް މިމަހު 8 ގައި

"ޕުޝްޕާ 2″ ގެ ޓިޒާ އެއް މިމަހު 8 ގައި

Author
ފާތިމަތު ނާވީ
04 އޭޕްރިލް 2024 06:39
0

މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ހާސިލު ކުރި ސައުތުގެ މަޝްހޫރު އެކްޓަރު އައްލު އަރުޖުންގެ ކާމިޔާބު ފިލްމް "ޕުޝްޕާ" ގެ ދަވަނަ ބައި "ޕުޝްޕާ 2: ދަ ރޫލް" ގެ ޓީޒާ މި މަހުގެ 8 ގައި އާންމު ކުރާނެކަން އިއުލާންކޮށްފި އެވެ.

ޕުޝްޕާ އަކީ ގިނަ ރެކޯޑްތަކެއް މުގުރާލި އަދި 2021 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމްވެސް މެއެވެ. މި ފިލްމް އަކީ ބޮޑު އާމްދަނީއެއް އެއަހަރު ހޯދުނު މަދު ފިލްމްތަކުގެ އެންމެ ކުރިން ޖާގަ ހޯދާ ފިލްއެކެވެ.

ޖުމްލަ 250 ކްރޯޑް ރުޕީސް (30.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 373 ކްރޯޑް ރުޕީސް (45 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. ކާމިޔާބު މި ފިލްމްގެ ލީޑުން ފެނިގެން ދިއައީ އައްލު އާއި އެކުގައި ރަޝްމިކާ މަންދަނާއެވެ.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް 15 ގައިއެވެ. "ޕުޝްޕާ 2″ ގެ ކާސްޓްގައި ކުރީ ބައިގެ މުހިއްމު ބައެެއް ތަރިން ހިނެނެ އެވެ. އޭގެ ތެރޭގައި ރަޝްމިކާ މަންދަނާ އާއި ފާހަދު ފާސިލް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.