ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔާ އަތުން ގެއްލުނު ތަކެތި ހޯދާ، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފި

ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔާ އަތުން ގެއްލުނު ތަކެތި ހޯދާ، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފި

Author
ހުސައިން
03 އޭޕްރިލް 2024 10:34
0
ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔާ އަތުން ގެއްލުނު ތަކެތި ހޯދާ، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާން ޝިފާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގެ ތަޙްޤީގަށް ދެ މީހަކު ބަންދަށް ގެނެވިފައި ވާކަމަށެވެ. އަދި ގެއްލިގެން ހުށަހެޅުނު ހުރިހާ ތަކެއްޗެއް ފުވައްމުލަކު ސިޓީ ޕޮޮޮލިސްގެ ފުލުހުން ވަނީ ހޯދާފައިވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއްގެ ތަކެތި ވަގަށް ގެންގޮސްގެން އޭނާ ވަނީ އެވާހަކަ ސޯޝަލް މީޑިއާގައި ހާމަ ކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ ދަބަހާއި ޑްރޯނެއް ވަގަށް ގެންގޮސްފައިވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުން ގަޑީގައި ކަމުގައެވެ.

އޭނާ ކިޔާއިދޭ ގޮތުގައި އޭނާ ޑްރޯން ދުއްވަ ހުއްޓާ ދެ ކުއްޖަކު އޭނާގެ ގާތުގައި އެކަމާއި ބެހޭގޮތުން ސުވާލުކޮށްފައި ވެއެވެ.

އަދި އޭނާ ކިޔައިދިން ގޮތުގައި ގާތްގަޑަކަށް 3 މިނިޓެއްހާއިރު އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ފިރިހެން ކުދިން އޭނާއާއި ވާހަކަ ދައްކަން ތިބެފައި އޭނާ ދެން އެރުނީ މޫދަށް ކަމުގައެވެ. އޭނާ ބުނި ގޮތުގައި ދަބަހާއި ޑްރޯން ގެންގޮސްފައިވަނީ އޭނާ މޫދަ އެރުނު ވަގުތުއެވެ.

އޭނާ ތުހުމަތު ކޮށްފައިވާ ގޮތުގައި ދަބަހާއި ޑްރޯން ގެންގޮސްފައިވަނީ އޭނާ މޫދަށް އެރެންދެން ފިލައިގެން ތިބި ބައެކެވެ.

ފަތުރުވެރިޔާ ބުނެފައިވަނީ އޭނާގެ ފޯނާއި ވޮލެޓުގެ އިތުރުން ސައިކަލު ތަޅުދަނޑި ވެސް އޮންނާނީ ވަގަށް ގެންދިޔަ ދަބަހުގެ ތެރޭގައެވެ. އޭގެ އިތުރުން އޭނާގެ ވޮލެޓުގައި 1،500 ދިވެހި ރުފިޔާގެ އިތުރުން 200 ޑޮލަރު އޮންނާނެ ކަމަށް ފަތުރުވެރިޔާ ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.