ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުން އައިސްފައިވަނީ 7.4 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
މި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހަތް މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި މި ބިންހެލުމުގެ އެޕިސެންޓަރއަކީ ޓައިވާނުގެ ހުއާލިއަން ސިޓީގެ ދެކުނުން ގާތްގަނޑަކަށް 18 ކިލޯމީޓަރު (11 މޭލު) ދުރުގައި ވާ ސަރަހައްދެކެވެ.
ހުއާލިއަންގެ ދުރު، ފަރުބަދަމަތީ ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެސަރަޙައްދު މަރާމާތުކުރުމަށް ހަފުތާތަކެއް ނަގާނެކަމަށް ބެލެވެއެވެ. ވެރިރަށް ޓައިޕޭއާ ހަމައަށް ބިންހެލުމެއް އިހުސާސް ކޮށްފައިވާއިރު، އިމާރާތްތައް ބާރުމިނުގައި ތެޅެމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑީއާގައި އާންމު ވެފައެވެ. ބިންހެލުމުގެ ސަބަބުން އެންމެ ފުރަތަމަ އެ ޓައިވާންއާއި އަދި އަވަށްޓެރި ގައުމުތަކަށް ސުނާމީގެ އިންޒާރު ދިން ދިންނަމަވެސް، އޭގެ ތެރެއިން ބައެއް އިންޒާރުތައް މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ކޮމެންޓު ފޮނުވާ