ރާއްޖޭގެ "ނޮވެމްބަރު 3″ އާ ގުޅުވައިގެން ހަދަން ނިންމައިފައިވާ "ދަ ބުލް" އިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ވަކިވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން "ދަ ބުލް" ގެ ޝޫޓިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށިއެެވެ. އަދި އެއަށް ފަހު ފިލްމް ގެ ޝޫޓިން މިދިއަ މަހު ވަނީ މަޑުޖައްލައިލައިފައިއެވެ.
މަސައްކަތް މަޑުޖައްސައިލި ފިލްމުން ސަލްމާން ވަކިވީ އޭގެ މަސައްކަތް ދެން ފެށޭނެ އިރެއް ނޭނގޭތީ އޭނަގެ އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ބުރޫ އަޜާފައިފާނެތީ ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ. އަދި ފިލްމް މަޑުޖައްސައިލި ސަބަބެއް ހާމަ ކޮށްފައިއެއް ނުވެއެވެ.
"ދަ ބުލް" ގައި ސަލްމާން ކުޅެނީ "ނޮވެމްބަރު 3″ ގައި ރާއްޖެ އަށް އެހީވާން އިންޑިއާ އިން "އޮޕަރޭޝަން ކެކްޓްސް" ގެ ނަމުގައި ހިންގި އޮޕަރޭޝަންގައި އިސްކޮށް އުޅުނު ބްރިޖޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓައިލަން ސްރީ ލަންކާގެ ޓެރަރިސްޓުންތަކެއް ގޮވައިގެން މާލެ އަރައި ނޮވެމްބަރު 3، 1988 ގައި މާލޭގައި ހިންގި އުދުވާނީ ހަމަލާ އަކީ ރާއްޖޭގެ މި ފަހުގެ ތާރީހެއްގައި ހިނގައި ދިޔަ އެންމެ ނުރައްކާތެރި ބިރުވެރި ހާދިސާ އެވެ.
ނޮވެމްބަރު 3 ގެ އުދުވާނުގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެ އެވެ. އެ ދުވަހު ރާއްޖެ ހޯދި ކާމިޔާބީއާ ގުޅުވައިގެން ނޮވެމްބަރު 3 ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ.
މި ފިލްމް އަކީ ޑައިރެކްޓަރު ކަރަން ޖޯހަރު ގެ ދަރްމާ ޕްރޮޑަކްޝަން އަށް ސަލްމާން ކުޅެދޭ ފުރަތަމަ ފިލްމް އެވެ. އޭގެ ކުރިން ކަރަންގެ މަޝްހޫރު ފިލްމް "1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ ހާއްސަ ފެނިލަކުން އޭނާ ފެނިގެންދިއައެވެ. މި ފިލްމް ގެ ޑައިރެކްޓަރަކީ ވިޝްނޫވަރުދާން އެވެ. އެއީ ދަރުމާގެ 2021 ގެ ކާމިޔާބު ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ޝޭރުޝާ" ގެ ޑައިރެކްޓަރުވެސް މެއެވެ. ނަމަވެސް ފިލްމް އާއި ބެހޭގޮތުން މިހާތަނަށް އެއްވެސް މައުލުމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.